ENGLISH
10 އޭޕްރީލު 2025
ސެލްޓިކް އަތުން ބަޔާނަށް ހަނި މޮޅެއް
13 ފެބްރުއަރީ 2025
|
ރޭގެ މެޗަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގެ ފުރަތަމަ ލެގުގައި ސްކޮޓްލެންޑްގެ ސެލްޓިކް އަތުން 1-2 އިން ޖަރުމަންގެ ބަޔާން މިއުނިކް ރޭ މޮޅުވެއްޖެއެވެ.
ސެލްޓިކްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިފައެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބަޔާނުން ލީޑު ނެގީ މައިކަލް އޮލީސޭގެ ލަނޑުންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، އިނގިރޭސި ކެޕްޓަން، ހެރީ ކޭންގެ ގޯލާއެކު އެ ޓީމުން ލީޑު ފުޅާކޮށްފައިވަނިކޮށް، ސެލްޓިކްގެ ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ޑައިޒެން މައެޑާ އެވެ.
މި މެޗުގައި ޖެހި ގޯލާއެކު ކޭން ވަނީ ޔުއެފާގެ ކުލަބު މުބާރާތްތަކުގައި 60 ލަނޑުޖެހި އިނގިރޭސިވިލާތަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ފްރާންސްގެ މޮނާކޯގެ ދަނޑުގައި އެ ޓީމު އަތުން ޕޯޗުގަލްގެ ބެންފީކާ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ބެންފީކާ އަށް ކާމިޔާބުކޮށްދިނީ ވަންޖެލިސް ޕަވްލީޑިސް އެވެ.