ENGLISH

10 އޭޕްރީލު 2025

Advertisement

އެކުވެރިކަމުގެ މެޗުގައި އިންޑިއާއާ ދެކޮޅަށް އަންނަ މަހު ރާއްޖެ ނުކުންނަނީ

12 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ސާފް ޗެމްޕިއަންޝިޕްގައި 2021 ވަނަ އަހަރު އިންޑިއާއާ ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ

އާ އަހަރުގެ ބައިނަލްއަޤްވާމީ ފުރަތަމަ މެޗުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު އަންނަ މަހު އިންޑިއާއާ ދެކޮޅަށް ނުކުންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާ އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހު ޝިލޮން ޖަވާހިރު ލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗެއްގައި އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ނުކުންނަނީ އަންނަ މާރިޗު މަހު ފަށާ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ރާއްޖެވެސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު ފުރަތަމަ މެޗުގައި މާރިޗު 25 ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ. ރާއްޖެ ގްރޫޕުގައި ދެން ހިމެނެނީ ތަޖިކިސްތާނާއި ޓިމޯ-ލެސްޓޭ އެވެ.

އިންޑިއާ ފުރަތަމަ މެޗުގައި އަމިއްލަ ޤައުމުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ރާއްޖެއާ ދެކޮޅަށް އިންޑިއާ ކުޅޭ ދަނޑުގައެވެ. އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން އެ ގްރޫޕުގައި ހިމެނެނީ ހޮންކޮންގ އަދި ސިންގަޕޫރެވެ.

ރާއްޖޭން އެންމެ ފަހުން ބައިނައަޤްވާމީ މެޗުތަކެއް ކުޅުނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އެޤައުމާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 އިންނެވެ. އެކަމަކު ދެވަނަ މެޗުގައި ބަންގްލަދޭޝްއިން 1-2 އިން ރާއްޖެ ބަލިކުރިއެވެ.

އެކުވެރިކަމުގެ އެ ދެމެޗުގައި ވެސް ރާއްޖެއަށް ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ބައިނަލްއަޤްވާމީ މެޗަކަށް ރާއްޖެ ތައްޔާރުވާއިރު، ކްލަބް ފުޓްބޯޅަ ސީޒަން ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު އާއްމުކޮށްފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ފަރިތަކުރުންތައް ފަށާފައިވާ ހަމައެކަނި ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ކިޔުންތެރިންގެ ހިޔާލު