ENGLISH

11 އޭޕްރީލު 2025

Advertisement

ފުރަތަމަ ލެގުގައި ޕީއެސްޖީ އާއި ޑޯޓްމުންޑަށް ފަސޭހަ މޮޅެއް

12 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ މެޗުތަކުން ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޕީއެސްޖީން ރަށުން ބޭރުގައި 3-0 އިން ބްރެސްޓް ބަލިކުރިއިރު، ޕޯޗުގަލްގައި ކުޅުނު މެޗުގައި ސްޕޯޓިންގ ލިޒްބަން އަތުން ޑޯޓްމުންޑް މޮޅުވީ ވެސް ހަމަ 3-0 އިންނެވެ.

މުބާރާތުގައި ފްރާންސްގެ ދެ ކުލަބުގެ ކުރިމަތިލުމުގައި، ބްރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑު ނެގީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯޗުގީޒް މިޑްފީލްޑަރު، ވިޓީނިއާ ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގަ އާއި ދެވަނަ ހާފުގައި އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ލަނޑުތަކުން ޕީއެސްޖީ ވަނީ ފުރިހަމަ މޮޅެއް ހޯދައިފައެވެ. މިއީ ޕީއެސްޖީ އަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޑެމްބެލޭ ޖެހި ދިހަވަނަ ގޯލެވެ.

މި މޮޅާ އެކު، ޕީއެސްޖީން ވަނީ ބްރެސްޓާ ދެކޮޅަށް ބަލިނުވެ 31 މެޗު ފުރިހަމަ ކޮށްފައެވެ. ބްރެސްޓް އަތުން ޕީއެސްޖީ އެންމެ ފަހުން ބަލިވީ 1985 ވަނަ އަހަރު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ސްޕޯޓިންގެ ދަނޑުގައި ކުޅުނު މެޗުގައި ޑޯޓްމުންޑުން ޖެހި ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސެރްހޫ ގިރާސީ، ޕަސްކަލް ގްރޮސް އާއި ކަރީމް އަޑެޔެމީ އެވެ.

ކިޔުންތެރިންގެ ހިޔާލު