ENGLISH

10 އޭޕްރީލު 2025

Advertisement

ރެއާލް އަތުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

12 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ބެލިންހަމް (ކ) އަތުން ބޯޅަ ހޯދަން ސިޓީގެ ސްޓޯންސް މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުން ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން 3-2 އިން އިންގްލެންޑުގެ މެންޗެސްޓަރ ސިޓީ ބަލިވެއްޖެއެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސިޓީން ލީޑު ނެގީ 19 ވަނަ މިނެޓުގައި ނޯވޭގެ ފޯވާޑް، އާލިން ހާލަންޑް ވައްދާލި ލަނޑުންނެވެ. މި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ރެއާލުން އެއްވަރުކުރީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، މެޗުގެ 80 ވަނަ މިނެޓުގައި ސިޓީން އަލުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ސިޓީގެ ފިލް ފޯޑެން އަށް ރެއާލްގެ ޑަނީ ސެބާޔޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ރެއާލަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ ބްރާހިމް ޑިއާޒް އެވެ. އަދި، އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ރެއާލް މޮޅުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އިޓަލީގެ ޔުވެންޓަސްގެ ދަނޑުގައި އެ ޓީމު ވަނީ 2-1 އިން ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަން ބަލިކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ ވެސްޓަން މެކެނީ އާއި ސެމުއެލް އެމްބަންގުލާ އެވެ. ޕީއެސްވީގެ ހަމައެކަނި ލަނޑުޖެހީ އިވާން ޕެރިސިޗް އެވެ.

ކިޔުންތެރިންގެ ހިޔާލު