ENGLISH
11 އޭޕްރީލު 2025
ލިވަޕޫލް ކަޓުވާލި ޕްލައިމައުތު ދެން ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް
11 ފެބްރުއަރީ 2025
|
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ސިޓީ މޮޅުވި މެޗުގެ ތެރެއިން.
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ހައިރާންކުރުވަނިވި ގޮތަކަށް ވަރުގަދަ ލިވަޕޫލް ކަޓުވާލި އިނގިރޭސި ޗެމްޕިއަންޝިޕްގެ ކްލަބް ޕްލައިމައުތު އާގައިލް ގަދަ 16 ގެ ބުރުގައި މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހިއްޖެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށް ކުޅެ ޕްލައިމައުތު އަމިއްލަ ދަނޑުގައި މޮޅުވީ 0-1 އިންނެވެ. މޮޅާއެކު އެ ކްލަބަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ޕްލައިމަތު ކުޅޭ އިނގިރޭސި ދެވަނަ ޑިވިޝަނުގައި، އެ ކްލަބް މިވަގުތު އޮތީ ފުލުގައެވެ.
އެފްއޭ ކަޕްގެ ގުރުނެގުން ރޭ ކުރިއަށް ގެންދިޔައިރު، މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރަން ޖެހުނީ ފުލަމްއާއެވެ. ނިއުކާސަލް ޔުނައިޓެޑް އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ނުކުންނައިރު، އެސްޓަން ވިލާ ކުޅޭނީ ކާޑިފް ސިޓީއާއެވެ. ބޯންމައުތާއި ވުލްވްސް ވާދަކުރާއިރު ނޮޓިންހަމް ފޮރެސްޓް ނުވަތަ އިޕްސްވިޗް ޓައުން ރަށުން ބޭރުގައި ނުކުންނާނީ އެކްސެޓާ ސިޓީއާ ދެކޮޅަށެވެ. ޕްރެސްޓަން ނޯތު އެންޑް ކުޅޭނީ ބާންލީއާއެވެ.
މި ސީޒަނުގެ ގަދަ 16 ބުރުގެ ކުރިން މަޝްހޫރު ބައެއް ކްލަބްތައް ވަނީ ކަޓައިފައެވެ. އޭގެތެރޭގައި ލިވަޕޫލްގެ އިތުރުން ޗެލްސީ އާއި އާސެނަލް އަދި ޓޮޓްނަމް ހޮޓްސްޕާ ހިމެނެއެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރު ނުވަތަ ގަދަ 16 ގެ ބުރު ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 1 އަދި 2 ވަނަ ދުވަހުއެވެ. މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދީ މެންޗެސްޓަރ ޔުނައިޓެޑެވެ.