ENGLISH
26 ނޮވެމްބަރު 2024
ބުރިޓިޝް ރޮކް ބޭންޑް " ކޯލްޑް ޕްލޭ" އިންޑިޔާގެ މުމްބާއިއަށް!
07 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
އިނގިރޭސި ރޮކް ބޭންޑް ކޯލްޑްޕްލޭ އިންޑިއާގެ އައްސޭރިފަށަށް އެނބުރި އައުމަށް ތައްޔާރުވެއްޖެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި މި ޓުއާގެ މައުލޫމާތު ބުދަ ދުވަހު ބުކްމައިޝޯ ލައިވް އިން ހިއްސާކުރި ޓީޒާއަކުން ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން ކޯލްޑްޕްލޭގެ ޝޯތައް މުމްބާއީގައި ބާއްވާނީ ޖެނުއަރީގައެވެ. ކޯލްޑްޕްލޭ އިން އެންމެ ފަހުން އިންޑިޔާގައި ޝޯއެއް ދީފައިވަނީ 2016 ވަނަ އަހަރު މުމްބާއީގައި ބޭއްވި ގްލޯބަލް ސިޓިޒަން ފެސްޓިވަލްގައެވެ.
1997 ވަނަ އަހަރު އުފެއްދި މި ބޭންޑުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ހިތްގައިމު ޝޯތަކެއް ގެނެސްދެމުންނެވެ. ވަކި އުމުރެއްނެތި، މި ބޭންޑަށް އޮތް ތަރުހީބު ދަނީ ދުވަހަކަށް ވުރެން ދުވަހެއް ބޮޑުވަމުންނެވެ.
ފާއިތުވި އަހަރުތަކުގައި އެ ބޭންޑުން ވަނީ "ފިކްސް ޔޫ"، "ދަ ސައިންޓިސްޓް"، "އަ ސްކައި ފުލް އޮފް ސްޓާރސް" އަދި " ޔެލޯ" ފަދަ އެތައް ލަވައެއް ވަނީ ހިޓްވެފައެވެ. ހިޓް ލަވަތަކުގެ ހިތްގައިމު ބެކް ކެޓަލޮގާއެކު މުމްބާއީގައި ބާއްވާ މި ކޮންސެޓަކީ އެމީހުންގެ އިންޑިއާގެ ފޭނުންނަށް އުފާވެރި އެކްސްޕީރިއަންސަކަށް ވާނެ އެވެ.
މުމްބާއީގެ ޑީވައި ޕާޓިލް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންސެޓްގެ ތާރީޚަކީ 18 ޖެނުއަރީ ވާ ހޮނިހިރު ދުވަހާއި 19 ޖެނުއަރީ 2025 ވާ އާދީއްތަ ދުވަހުއެވެ. އަދި 22 ސެޕްޓެމްބަރު 2024 ވަނަ ދުވަހުން ފެށިގެން ބުކްމައިޝޯއިން ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓް ވިއްކަން ފަށާ އަގަކީ 2،500 އިންޑިއަން ރުޕީސްއެވެ. ޓިކެޓް ގަތުމަށް ކިޔު ހަދާފައިވާއިރު މިހާތަނަށް ގިނަ އަދަދެއްގެ ޓިކެޓް ހުސްވެފައިވާ ކަމަށް އެ ބޭންޑްއިން ވަނީ ބުނެފައެވެ.
މިއީ އާއިލާތަކާއި ރައްޓެހިން ގޮވައިގެން ދާން ލިބޭ ރަނުގެ ފުރުސަތެކެވެ.