ENGLISH
11 އޭޕްރީލު 2025
ޤައުމީ ބީޗް ވޮލީބޯލް ލީގު: ޗެމްޕިއަންކަން ސާޖިދު އާއި އެޑަމް އަދި ޒީނިޔާ އާއި އަރީޝާގެ ޕެއާ އަށް
11 ފެބްރުއަރީ 2025
|
މީގެކުރީން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ކުޅުނު މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކުރި ޤައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) އަދި ފާތިމަތު ޒީނިޔާ އާއި އާމިނަތު އަރީޝާގެ ޕެއާ ހޯދައިފިއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ކާމިޔާބުކުރީ ފައިނަލުގައި މުޙައްމަދު އަލީ އާއި އަހުމަދު މުޙައްމަދުގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ހުޅުމާލޭގައި ހުންނަ ރެޑް ބުލް ކޯޓުގައި ރޭ ކުޅުނު މެޗުން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ މޮޅުވީ 21-14، 21-19 އިންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ޒީނިޔާ އާއި އަރީޝާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ހައްވާ ރަޝީދާ އާއި އައިޝަތު މާޖިދާގެ ޕެއާ ބަލިކޮށްފައެވެ.
އެ ދެ ކުޅުންތެރިންގެ ޕެއާ މެޗު ކާމިޔާބުކުރީ 21-18، 21-15 އިންނެވެ.
މި އަހަރު ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 15 އާއި 16 ވަނަ ދުވަހު ފަށާ ވީއޭއެމް ކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޕްރެލިމިނަރީ ބުރުގެ މެޗުތަކެވެ.