ENGLISH

10 އޭޕްރީލު 2025

Advertisement

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މި މަހު 13 ގައި ފަށަނީ

11 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

އިއްޔެ ބޭއްވި މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް އަންނަ ބުރާސްފަތި ދުވަހު ފަށަން ތާވަލްކޮށްފިއެވެ.

އަހަރުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ޖުމްލަ 8 ޓީމާއެކު ކުރިއަށްގެންދާ މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ކުޅުން ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕު އޭގައި ހިމެނެނީ، ކުލަބު އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ގްރީން ސްޓްރީޓްސް އާއި ކުލަބު ވެލެންސިއާ އަދި ބުރު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކުލަބާއި، ރަނަރަޕް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ކުޅުން ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭ ގޮތަށެވެ. ސެމީގެ މެޗުތައް މި މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލު މެޗު ތާވަލްކޮށްފައިވަނީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހަގެ ރޭގަނޑަށެވެ.

ކިޔުންތެރިންގެ ހިޔާލު