ENGLISH

18 އޭޕްރީލު 2025

Advertisement

ޕްލައިމަތު އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

10 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ޕްލައިމަތުއާ ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި ޕްލައިމަތު އަތުން 1-0 އިން ބަލިވެ، ލިވަޕޫލް އެ މުބާރާތުން ކަޓައިފިއެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ދިހަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗަށް އެ ޓީމުގެ ކޯޗު، އާނޭ ސްލޮޓް ނެގި ސްކޮޑުގައި މުހިއްމު ކުޅުންތެރިން ކަމަށްވާ، މުޙައްމަދު ސަލާހު، ވާޖިލް ވެން ޑައިކް އާއި އެލިސަން ބެކާގެ އިތުރުން އަލެކްސިސް މެކްއެލިސްޓާ ނުހިމެނެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޕްލައިމަތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 53 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޔާން ހާޑީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ހާވީ އެލިއަޓް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ހާޑީ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ލިވަޕޫލަށް ލަނޑެއް ޖަހައިދޭން ޑިއޯގޯ ޖޮޓާ އާއި ޑާވިން ނޫނޭޒް ފޮނުވާލި ބޯޅަތައް ޕްލައިމަތުގެ ގޯލްކީޕަރު، ކޮނާ ހަޒާޑް ވަނީ ހުއްޓުވައިފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޓޮޓްނަމް އަތުން އެސްޓަން ވިލާ ވަނީ 2-1 އިން މޮޅުވެފައެވެ. ބްލެކްބާން ރޯވާސްގެ ދަނޑުގައި އެ ޓީމު އަތުން ވުލްވްސް މޮޅުވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު