ENGLISH
18 އޭޕްރީލު 2025
26 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް، ބޮލޯނިއާ އިޓާލިއަން ކަޕްގެ ސެމީ އަށް
05 ފެބްރުއަރީ 2025
|
މެޗަށްފަހު ބޮލޯނިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިޓާލިއަން ކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ އެޓަލާންޓާ 1-0 އިން ބަލިކޮށް، ބޮލޯނިއާ އިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މިދިޔަ 26 އަހަރުގެ ތެރޭގައި ބޮލޯނިއާ އިން އިޓާލިއަން ކަޕްގެ ސެމީ އިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ސެމީގައި ކުޅުނު 1999 ވަނަ އަހަރު ފިއޮރެންޓީނާ އަތުން ބަލިވީ 4-2 އިންނެވެ. ބޮލޯނިއާ އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1974 ގައެވެ.
އެންމެ ފަހުގެ މުބާރާތުގެ ރަނަރަޕް، އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ބޮލޯނިއާ އަށް ކާމިޔާބުކޮށްދިނީ ސަންޓިއާގޯ ކާސްޓްރޯ އެވެ.
މުބާރާތުގެ ސެމީގައި ބޮލޯނިއާ ބައްދަލުކުރަންޖެހެނީ ކުއާޓަރގައި ޔުވެންޓަސް އާއި އެމްޕޯލީ ކުޅެގެން މޮޅުވާ ޓީމާ ދެކޮޅަށެވެ.
މި މެޗުން ބަލިވެ، އިޓާލިއަން ކަޕުން އެޓަލާންޓާ ކެޓިއިރު، އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފަށް ދަތުރުކޮށްފައެވެ. އެޓަލާންޓާ އިން މި އަހަރުގެ ތެރޭގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އޭސީ މިލާން ނުކުންނާނީ އޭއެސް ރޯމާއާ ދެކޮޅަށެވެ.