ENGLISH

10 އޭޕްރީލު 2026

Advertisement

ތެލުގެ އަގު އުފުލުމާއެކު، މަސްވެރިންގެ ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅޭ މަޝްވަރާކޮށްފި

09 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

މަސްވެރިންގެ ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ތެލުގެ އަގު އުފުލުމާއި ގުޅިގެން، މަސްވެރިކަމުގެ ސިނާއަތަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝިޔާމްގެ އިތުރުން ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަދައިގެންނެވިއެވެ. އަދި މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަންގެ އިސްބޭފުޅުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން 10 މާރިޗު 2026 ގައި އެމް.އެސް.ޕީ.އޭ އާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅަފައިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، މި ހާލަތުގެ ސަބަބުން މި ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައިވެއެވެ.

މި ދަތި އުނދަގޫ ދަނޑިވަޅުގައި މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު