ENGLISH

18 އޭޕްރީލު 2025

Advertisement

ކ. ގުރައިދޫގައި 1.5 މިލިއަން ޚަރަދުކޮށްގެން ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކޮށްފި

04 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ކ. ގުރައިދޫގައި ތަރައްޤީކުރި ހޭންޑްބޯޅަ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ކ. ގުރައިދޫގައި 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރި ހޭންޑްބޯޅަ ކޯޓު ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

ގުރައިދޫގައި ތަރައްޤީކުރި ހޭންޑްބޯޅަ ކޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ތަރައްޤީކުރި ކޯޓެކެވެ.

ކ. ގުރައިދޫ ހޭންޑްބޯޅަ ކޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އިއްޔެ ހަވީރު ގުރައިދޫގައި އޮތް ރަސްމިއްޔާތުގައި، ހޭންޑްބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ގުރައިދޫގައި ތަރައްޤީކުރި ކޯޓަކީ ހޭންޑްބޯޅަ މޯލްޑިވްސްއިން ޤަބޫލުކުރާ ފެންވަރުގެ ކޯޓެކެވެ. ގުރައިދޫގައި ރަސްމީކޮށް ހުޅުވި ހޭންޑްބޯޅަ ކޯޓާއެކު، އެރަށުގައި ހޭންޑްބޯޅަ ކުޅޭ ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ކޯޓެއްގައި އެ ކުޅިވަރު ކުޅުމުގެ ފުރުޞަތު ލިބި، މުބާރާތްތައް ބޭއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އަންނަނީ ކުޅިވަރުގެ އެކި ވަޞީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް މުޅި ރާއްޖޭގައި ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު