ENGLISH

18 އޭޕްރީލު 2025

Advertisement

އަލަބާ އަށް އަނެއްކާވެސް އަނިޔާވެ، ރެއާލްގެ ރިހޭފައި މައްޗަށް ފޮއި ވެއްޓިއްޖެ

04 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ޑިފެންޑަރު، އަލަބާ. --ފޮޓޯ: ރޮއިޓާސް

ރެއާލް މެޑްރިޑްގެ ޑިފެންޑަރު، ޑޭވިޑް އަލަބާ އަށް އަނެއްކާވެސް އަނިޔާވެ، ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

އުމުރުން 32 އަހަރުގެ އަލަބާ އަށް ކުރިމަތިވީ ކަކުލުގެ އޭސީއެލްގެ އަނިޔާއެކެވެ. އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު ކުޅުމުގެ ތެރެއަށް އޭނާ އެނބުރި އައީ މިދިޔަ ޖަނަވަރީ މަހު އެވެ. އޭގެފަހުން، މިހާތަނަށް އެ ޓީމު ކުޅުނު ހަތަރު މެޗެއްގައި އަލަބާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ.

އަލަބާގެ އަނިޔާއާ ގުޅޭގޮތުން ރެއާލުން ނެރުނު ބަޔާނުގައި ވަނީ، މެޑިކަލް ޓީމުން ހެދި ޓެސްޓުތަކަށްފަހު އަލަބާގެ ވާތުފަޔަށް އަނިޔާވެފައިވާ ކަމަށާއި، ރިކަވަރީގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަލަބާ އަށް އަނިޔާވުމާ އެކު، އެންޓޯނިއޯ ރުޑިގާ އާއި އެޑާ މިލިޓާއޯ ހިމެނޭ ގޮތަށް މި ވަގުތު ރެއާލް ޓީމުގެ ސީނިއާ ހުރިހާ ސެންޓްރަލް ޑިފެންޑަރުން ތިބީ އަނިޔާގައެވެ.

ރެއާލަށް ދެން އެންމެ އަވަހަށް އޮތީ ކޮޕަ ޑެލް ރޭގެ ކުއާޓަރ ފައިނަލުގައި މާދަމާ ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، އަންނަ ހޮނިހިރު ދުވަހު 'މެޑްރިޑް ޑާބީ' ގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

ބާވީސް މެޗުން ހޯދި 49 ޕޮއިންޓާއެކު ރެއާލް މި ވަގުތު ލީގުގެ އެއްވަނައިގައި އޮތްއިރު، އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އުޅެނީ އެތުލެޓިކޯ އެވެ.

ކިޔުންތެރިންގެ ހިޔާލު