ENGLISH

18 އޭޕްރީލު 2025

Advertisement

ވެސްޓް ހޭމް ބަލިކޮށް، ޗެލްސީ ހަތަރުވަނަ އަށް

04 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް 1-2 އިން ބަލިކޮށް، ޗެލްސީ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ މޮޅުވި ދެވަނަ ފަހަރެވެ. ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.

މި މޮޅާއެކު، ޗެލްސީ ވަނީ 24 މެޗުން 43 ޕޮއިންޓް ހަމަކޮށްފައެވެ. ދެ ޕޮއިންޓް ފަހަތުން ފަސްވަނައިގައި އޮތީ ކުރިން ހަތަރެއްގައި އޮތް މެންޗެސްޓަރ ސިޓީ އެވެ. ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ 50 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސްޓް ހޭމުންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޖަރޮޑް ބޮވެން އެވެ. މި ގޯލާއެކު ވެސްޓް ހޭމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 10 މިނެޓުގެ ތެރޭގައި ޗެލްސީން ދެލަނޑު ޖަހައި، ވަނީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. ޗެލްސީން އެއްވަރުކުރި ލަނޑު ޖަހައިދިނީ ޕެޑްރޯ ނެޓޯ އެވެ. އެ ޓީމު މޮޅުވި ގޯލަކީ ވެސްޓް ހޭމްގެ ޑިފެންޑަރު، އާރޮން ވަން-ބިސާކާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި މުބާރާތުގައި ޗެލްސީ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު