ENGLISH
18 އޭޕްރީލު 2025
ވެޓަރަންސް ކެރަމް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހާމިދު އަށް
03 ފެބްރުއަރީ 2025
|
މުބާރާތުގެ ފައިނަލުގައި ހާމިދު (ކ) އާއި ލިފާއު (ވ) ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް
ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އަހުމަދު ހާމިދު ކާމިޔާބުކޮށްފިއެވެ.
މާލޭ ކެރަމް ހޯލްގައި ކުރިއަށްދިޔަ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު އޯޕަން ސިންގަލްސް ފައިނަލުގައި ހާމިދު ވަނީ 2-1 ސެޓުން އިބްރާހިމް ލިފާއު ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓުން 22-20 އިން ހާމިދު ކުރިހޯދާފައިވަނިކޮށް، ލިފާއު ވަނީ ދެވަނަ ސެޓުގައި 15-05 އިން ކާމިޔާބުކޮށްފައެވެ. ވާދަވެރިކޮށް ފެނިގެންދިޔަ ތިންވަނަ ސެޓުން ހާމިދު ކުރި ހޯދީ 24-22 އިންނެވެ.
މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި، ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ ފުރަތަމަ ޗެމްޕިއަން، އަބްދުﷲ އިސްމާއިލް ވަނީ ސީދާ ދެ ސެޓުން ސަރާހް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަބްދުﷲ އިސްމާއިލް ކާމިޔާބުކުރީ 25-07، 22-17 އިންނެވެ.
އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ކެރަމް ހޯލުގައެވެ.