ENGLISH
19 އޭޕްރީލު 2025
ލެވަކޫސަން މޮޅުވެ، ލީގު ރޭހުގައި ކުރިއަށް
03 ފެބްރުއަރީ 2025
|
ލެވަކޫސަންގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ހޮފެންހެއިމް 1-3 އިން ބަލިކޮށް، ތާވަލްގެ ކުރީގައި އުޅޭ ބަޔާން މިއުނިކާއި ބަޔާ ލެވަކޫސަންއާ ދެމެދު އޮތް ހަ ޕޮއިންޓްގެ ފަރަގު ދަމަހައްޓައިފިއެވެ.
މި ނަތީޖާއާއެކު، ލެވަކޫސަން ދެވަނައިގައި އުޅެނީ 20 މެޗުން ލިބުނު 45 ޕޮއިންޓާއެކު އެވެ. އެންމެ ކުރީގަ އުޅޭ ބަޔާން އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ ވިކްޓޯ ބޮނިފޭސް، ޖެރެމީ ފްރިމްޕޮންގ އާއި ޕެޓްރިކް ޝިކް އެވެ. ހޮފެންހެއިމްގެ ހަމައެކަނި ލަނޑުޖަހައިދިނީ ގިފްޓް އޯބާން އެވެ.
މި މެޗުގެ ފަހު ހާފުގެ ކުރީކޮޅު، ލެވަކޫސަންގެ ޑިފެންޑަރު، އަލެހަންދްރޯ ގްރިމާލްޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ފްރެންކްފާޓް ވަނީ 1-1 އިން ވުލްފްސްބާގާ އެއްވަރުވެފައެވެ.