ENGLISH

19 އޭޕްރީލު 2025

Advertisement

އާސެނަލް، މެންޗެސްޓަރ ސިޓީ ބަލިކުރިއިރު، ޕެލަސް އަތުން ޔުނައިޓެޑް ބަލިވެއްޖެ

03 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އާސެނަލްގެ ލުވިސް-ސްކެލީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އާސެނަލުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިކުރިއިރު، ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު، އާސެނަލް ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލްއާ ހަ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. ލިވަޕޫލް އެއްވަނައިގައި އުޅެނީ 23 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު އިތުރަށް ކުޅެގެން އާސެނަލް ދެވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. ތިން ޕޮއިންޓް ފަހަތުން ނޮޓިންގހަމް ފޮރެސްޓް އޮތީ ތިންވަނައިގައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހައިދިނީ މާޓިން އޮޑެގާޑް، ތޯމަސް ޕާޓޭ، މައިލްސް ލުވިސް-ސްކެލީ، ކައި ހަވާޓްޒް އާއި އީތަން އެންވަނޭރީ އެވެ. ސިޓީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާލިން ހާލަންޑް އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ޕެލަސްގެ ދެ ގޯލް ވެސް ޖަހައިދިނީ ޖީން-ފިލިޕް މަޓޭޓާ އެވެ.

މި މޮޅާއެކު، ޕެލަސް ވަނީ 12 ވަނަ އަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. މި މެޗުން ބަލިވި ޔުނައިޓެޑް އޮތީ އެއް ޕޮއިންޓް މަދުން ލިބިގެން 13 ވަނައިގައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމް ހޮޓްސްޕަރ ވަނީ ރަށުން ބޭރުގައި 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު