ENGLISH

19 އޭޕްރީލު 2025

Advertisement

ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ އެއްވަނަ އޭދަފުށި އެކެޑަމީން ހޯދައިފި

02 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

ބެޑްމިންޓަން ޗެލެންޖުގެ އެއްވަނަ ހޯދި އޭދަފުށި ރިވައިވަލް އެކެޑަމީގެ ކުޅުންތެރިން މިނިސްޓަރު ރާފިޢުއާ އެކު.

ރިވައިވަލް ސްޕޯޓްސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025 ގެ އެންމެ މޮޅު އެކެޑަމީއަކަށް ބ. އޭދަފުށި ރިވައިވަލް އެކެޑަމީ ހޮވިއްޖެއެވެ.

މާލޭގެ ކުޅިވަރު އެކުވެނީގައި ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ 10 އެކެޑަމީއިން ވާދަކުރިއެވެ. ރިވައިވަލް ސްޕޯޓްސްއިން އޭދަފުށީގައި ހިންގާ ރިވައިވަލް އެކެޑަމީއިން އެއްވަނަ ޙާޞިލްކުރީ 23 މެޑަލްއާއެކުއެވެ.

ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެންދިޔަ އޭދަފުށި އެކެޑަމީއިން ވަނީ މުބާރާތުގައި ތިން ރަން މެޑަލްގެ އިތުރުން ހަ ރިހި މެޑަލް އަދި 14 ލޯ މެޑަލް ހޯދާފައެވެ.

އޭދަފުށިން ރަން މެޑަލް ޙާޞިލްކުރީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްއާއި 17 އަހަރުން ދަށުގެ ޑަބަލްސް އިންނެވެ.

ފަނަރަ އަހަރުން ދަށުގެ ސިންގަލްސް ބައިން ރަން މެޑަލް ޙާޞިލްކުރީ އަވްފް ބިން ފަޒްލޫންއެވެ. ސަތާރަ އަހަރުން ދަށުގެ ޑަބަލްސް ބައިން ރަން މެޑަލް ޙާޞިލްކުރީ އިލާން ރިލްވާންއާއި ޔޫސުފް ޒީކް ޒުހާންގެ ޕެއާއެވެ.

އޭދަފުށިން ރިހި މެޑަލް ހޯދީ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ސިންގަލްސް އަދި ޑަބަލްސް އިންނެވެ. އެގޮތުން 15 އަހަރުން ދަށުގެ ސިންގަލްސް ފިރިހެން އަދި ސިންގަލްސް އަންހެނުންގެ އިތުރުން 15 އަހަރުން ދަށުގެ ޑަބަލްސް ފިރިހެން އަދި އަންހެން ކެޓަގަރީއިން ރިހި މެޑަލް އޭދަފުށި އެކެޑަމީއިން ހޯދިއެވެ.

ލޯ މެޑަލް ހޯދީ 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ބައިންނެވެ. އެގޮތުން 11 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދިއެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިންނާއި 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް އަދި އެ އުމުރުފުރާގެ އަންހެން ޑަބަލްސް ބައިންވެސް ރިހި މެޑަލް ހޯދި އެވެ. ސަތާރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ސިންގަލްސްގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިންވެސް ލޯ މެޑަލް ހޯދި އެވެ. އޭދަފުށިން ލޯ މެޑަލް ދެން ހޯދީ ސީނިއާ ޑަބަލްސް ފިރިހެން ބައިންނެވެ.

މުބާރާތުގެ އޯޕަން ކެޓެގަރީގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޤައުމީ ޓީމުގެ ދެބެންކަމުގައިވާ، އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤް (ނަބީ) އަދި ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު (ނަބާ) އެވެ.

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގައި 330 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރިއެވެ. މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ވަނީ ސްޕެޝަލް އޮލިމްޕިކްސްއާއި ޕެރަލިމްޕިކްސް ކެޓެގަރީ ހިމަނައިފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ވަނީ ރިވައިވަލްއިން އެފަދަ މުބާރާތެއް އިންތިޒާމުކުރުމުން ޝުކުރު އަދާކުރައްވާފައެވެ.  

ކިޔުންތެރިންގެ ހިޔާލު