ENGLISH

19 އޭޕްރީލު 2025

Advertisement

ޑެމްބެލޭގެ ހެޓްރިކާ އެކު ޕީއެސްޖީން ބްރެސްޓް ބަލިކޮށްފި

02 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޑެމްބެލޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ހަފްތާއެއްގެ ތެރޭގައި ފްރާންސްގެ ވިންގް، އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކުރި ދެވަނަ ހެޓްރިކާއެކު، ފްރެންޗް ލީގުގައި ޕީއެސްޖީން 5-2 އިން ބްރެސްޓް ބަލިކޮށްފިއެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޑެމްބެލޭ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ސްޓުޓްގާޓާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދާފައެވެ.

ރޭގެ މޮޅާއެކު، ތާވަލްގެ އެއްވަނައިގައި އުޅޭ ޕީއެސްޖީން ވަނީ 20 މެޗުން 50 ޕޮއިންޓް ހަމަކޮށްފައެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އުޅޭ އޮލިމްޕިކް މާސޭ އަށް 19 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. މި ޢަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ތިންވަނައިގައި އުޅެނީ އޭއެސް މޮނާކޯ އެވެ.

ބްރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ފަސް ލަނޑުގެ ތެރެއިން އެ ޓީމަށް ފުރަތަމަ ހާފުގައި ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. ފަހު ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ.

ރޭގެ މެޗުގައި ޑެމްބެލޭ ތިން ލަނޑު ޖަހައިދިންއިރު، އެ ޓީމަށް އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ގޮންސާލޯ ރާމޯސް އެވެ. ބްރެސްޓްގެ ލަނޑުތައް ޖަހައިދިނީ ރޮމެއިން ޑެލް ކަސްޓީލޯ އާއި ލުޑޮވިކް އަޔޯކޭ އެވެ.

މި މެޗުން ބަލިވި ބްރެސްޓް އޮތީ ތާވަލްގެ 8 ވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު