ENGLISH

19 އޭޕްރީލު 2025

Advertisement

އެސްޕަންޔޯލް އަތުން ރެއާލް ބަލިވިއިރު، ސިމިއޯނީގެ ތާރީޚީ މެޗުން އެތުލެޓިކޯ އަށް މުހިއްމު މޮޅެއް

02 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ރެއާލްގެ ކުޅުންތެރިން މާޔޫސްވެފަ. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވިއިރު، އެތުލެޓިކޯ މެޑްރިޑްގެ ކޯޗުކަމުގައި ޑިއޭގޯ ސިމިއޯނީގެ 500 ވަނަ މެޗުގައި މަޔޯކާ އަތުން 2-0 އިން އެ ޓީމު މޮޅުވެއްޖެއެވެ.

މި ނަތީޖާއާ އެކު، ރެއާލް އަދިވެސް އުޅެނީ ތާވަލްގެ އެއްވަނައިގައެވެ. ރެއާލް އެއްވަނައިގައި އުޅެނީ 22 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އެތުލެޓިކޯ އޮތްއިރު، އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.

އެސްޕަންޔޯލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 85 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް ރޮމޭރޯ އެވެ.

އޭގެކުރީން، މެޗުގެ 21 ވަނަ މިނެޓުގައި ރެއާލްގެ ކީލިއަން އެމްބާޕޭ ދިން ޕާހަކުން ބްރެޒިލް ވިންގް، ވިނީޝިއުސް ޖޫނިއާ ލަނޑެއްޖަހައިދިން ނަމަވެސް، އެ ބޯޅަ ވިނީޝިއުސް އަށް ލިބުމުގެ ކުރިން އެސްޕަންޔޯލްގެ ކުޅުންތެރިއަކަށް އެމްބާޕޭ ފައުލްކުރިކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރިއެވެ.

ރެއާލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ޓީމުގެ ލޫކަސް ވަޒްކޭޒް، ރޮޑްރީގޯ އާއި ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަތައް އެސްޕަންޔޯލްގެ ގޯލްކީޕަރު، ޖޮއަން ގާސިއާ ހުއްޓުވިއެވެ.

މި މޮޅާއެކު، އެސްޕަންޔޯލް ވަނީ ލީގުގެ 17 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެ ޓީމަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުގައި ލަނޑުތައް ޖަހައިދިނީ ސެމުއެލް ލީނޯ އާއި އެންޓޮއިން ގްރީޒްމަން އެވެ.

ކިޔުންތެރިންގެ ހިޔާލު