ENGLISH

07 ޖޫން 2025

Advertisement

ވެޓަރަންސް ކެރަމް މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ލިފާއު އާއި ލަތީފަށް

31 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ުމުބާރާތުގެ އޯޕަން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމް

ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕްގެ އޯޕަން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އިބްރާހިމް ލިފާއު އާއި ހަސަން ލަތީފުގެ ޕެއާ ކާމިޔާބުކޮށްފިއެވެ.

މާލޭ ކެރަމް ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު އޯޕަން ޑަބަލްސް ފައިނަލުގައި ލިފާއު އާއި ލަތީފުގެ ޕެއާ ވަނީ ފަހަތުން އަރައި، 2-1 ސެޓުން އަހުމަދު ހާމިދު އާއި އަފީފުއްނިސާގެ ޕެއާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ހާމިދު އާއި އަފީފުއްނިސާގެ ޕެއާ ކުރިހޯދީ 25-16 އިންނެވެ. ދެވަނަ ސެޓުގައި 24-21 އިން، އަދި ފަހު ސެޓުގައި ފަސޭހަކަމާ އެކު 24-5 ތަފާތު ބޮޑު ނަތީޖާއަކުން ލިފާއު އާއި ލަތީފުގެ ޕެއާ ވަނީ ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި އަބްދުﷲ އިސްމާއިލް އާއި އިބްރާހިމް މޫސާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އިބްރާހިމް މުޙައްމަދު އާއި އާމިރުގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އެ ދެ ކުޅުންތެރިންގެ ޕެއާ ކާމިޔާބުކުރީ 25-00، 25-00 އިންނެވެ.

މި މުބާރާތުގައި މިހާރު ކުރިއަށްދަނީ އޯޕަން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. މި އިވެންޓްގެ ފައިނަލް އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 2 ގައެވެ.

ކިޔުންތެރިންގެ ހިޔާލު