ENGLISH

19 އޭޕްރީލު 2025

Advertisement

ޔުނައިޓެޑާއި، ޓޮޓްނަމް އަދި ރޭންޖާސް ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިއްޖެ

31 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު، މެންޗެސްޓަރ ޔުނައިޓެޑާއި، ޓޮޓްނަމް ހޮޓްސްޕަރ އަދި ރޭންޖާސް އިން އެ މުބާރާތުގެ ގަދަ 16 ގެ ބުރުން އޮޓޮމެޓިކް ޖާގައެއް ހޯދައިފިއެވެ.

ރުމޭނިއާގެ ސްޓިއުއާ ބުކަރެސްޓް އަތުން ރަށުން ބޭރުގައި ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ. ޓޮޓްނަމްގެ ދަނޑުގައި އެ ޓީމު ވަނީ ސްވިޑެންގެ އެލްފްސްބޯގް 3-0 އިން ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު، ޔުނައިޓެޑް އޮތީ ލީގު ފިޔަވަހީގެ ބުރުގެ ތިންވަނައިގައެވެ. އެ ޓީމަށް ކުޅުނު 8 މެޗުން ލިބުނީ 18 ޕޮއިންޓެވެ. ޓޮޓްނަމް އަށް 8 މެޗުން ލިބުނު 17 ޕޮއިންޓާއެކު އޮތީ ހަތަރު ވަނައިގައެވެ. ރޭންޖާސް ނިންމާލީ 8 މެޗުން ހޯދީ 14 ޕޮއިންޓާއެކު 8 ވަނައިގައެވެ. ޕްލޭ-އޮފް ބުރަށް ނުގޮސް އެ ޓީމު ސަލާމަތްވީ ކިރިޔާ އެވެ.

ރުމޭނިއާގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ލަނޑުތައް ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޑަލޯޓް އާއި ކޮބީ މައިނޫ އެވެ.

ސީޒަނުގައި އުނދަގޫ ހާލަތެއްގައި އޮތް ޓޮޓްނަމަށް ލަނޑުތައް ޖަހައިދިނީ ޑޭން ސްކާލެޓް، ޑަމޯލާ އަޖޭއީ އާއި މިކީ މޫރ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ސްކޮޓްލެންޑްގެ ރޭންޖާސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއީސް އަތުން މޮޅުވެފައެވެ.

މުބާރާތުގެ ލީގު ފިޔަވަހީގެ ބުރުގެ އެންމެ ކުރީގަ އޮވެ ނިންމާލި، ލާޒިއޯ އިން ޕޯޗުގަލްގެ ބްރާގާ އަތުން ވަނީ 1-0 އިން ބަލިވެފައެވެ. ދެވަނައިގައި އުޅޭ ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ ވަނީ ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އަތުން 3-1 އިން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު