ENGLISH
26 ނޮވެމްބަރު 2024
އެޗްޑީސީ ބޯޑުގެ ޗެއާމަންގެ މަގާމަށް ނާސިފް އައްޔަން ކުރައްވައިފި
06 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން އަހުމަދު ނާސިފް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންގެ މަގާމަށް ނާސިފް ހަމަޖައްސަވާފައި ވަނީ މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނާސިފް ކުރިން ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވައިފަ އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު މެއި 22، 2024 ވަކި ކުރުމާ ގުޅިގެންނެވެ.