ENGLISH
07 ޖޫން 2025
ރިވައިވަލް ބެޑްމިންޓަން ޗެލެންޖަށް ބޮޑު ތަރުހީބެއް
30 ޖެނުއަރީ 2025
|
ރިވައިވަލް ބެޑްމިންޓަން ޗެލެންޖްގެ ތެރެއިން. --ފޮޓޯ: އެމްއެމް
"ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025" ބޮޑު ތަރުހީބަކާއެކު އިއްޔެ ފަށައިފިއެވެ.
ރިވައިވަލް އިން ބުނީ، މި އަހަރުގެ މުބާރާތުގައި ހުރިހާ އުމުރުފުރައެއް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވާ ކަމަށެވެ.
ރާއްޖޭގައި އުޅޭ އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ކުޅިވަރު އެކުވެނީ އެތެރޭ ކޯޓުގައެވެ.
މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނާއި ޕެރަލިމްޕިކްސް ހިމަނާފައިވާއިރު، މުޅި މުބާރާތުގެ ފައިސާގެ އިނާމުގެ އަދަދު 90 ހާސް ރުފިޔާ އަށް އަރާނެ ކަމަށް ރިވައިވަލް އިން ބުނެއެވެ.
މުބާރާތުގައި ކުރިއަށްދާނީ 11، 13، 15، 17، އަދި 19 އަހަރުން ދަށުގެ އިތުރުން 19 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ސިންގަލްސް އަދި ޑަބަލްސް އިވެންޓްގެ މެޗުތަކެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި ޖަނަވަރީ މަހުގެ 29 އިން ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.