ENGLISH
19 އޭޕްރީލު 2025
ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް ފަށައިފި
30 ޖެނުއަރީ 2025
|
ވެޓަރަންސް ކެރަމް މުބާރާތުގެ ތެރެއިން. --ފޮޓޯ: އެމްއެމް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) ގެ ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް ރޭ ފަށައިފިއެވެ.
އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ޢުމްރާ ދަތުރެއް ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ އިވެންޓެއް ހިމެނޭ ގޮތަށް މުޅިއެކު 23 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށް ސީއޭއެމް އިން ބުނެއެވެ.
މާލޭ ކެރަމް ހޯލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިސާގެ އިނާމުގެ ޖުމްލަ އަދަދު 10،000 ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރުގެ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 29 އިން ފެބުރުއަރީ މަހުގެ 2 ގެ ނިޔަލަށެވެ.
ސާޅީސް އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށް ކުރިއަށްގެންދާ މުބާރާތުގައި ރޭ ކުޅެފައިވަނީ އޯޕަން ޑަބަލްސް މެޗުތަކެވެ.
މި މުބާރާތުގައި މިރޭ ކުރިއަށްދާނީ އޯޕަން ޑަބަލްސްގެ ސެމީ އާއި ފައިނަލް މެޗެވެ.