ENGLISH

19 އޭޕްރީލު 2025

Advertisement

ކަޓައިފާނެތީވެ ހާހެއް ނުވޭ، ނޫސްވެރިންގެ އޮތް ކަންބޮޑުވުމަށް ޝުކުރުވެރިވަން: ގާޑިއޯލާ

29 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

މެންޗެސްޓަރ ސިޓީގެ ކޯޗު، ގާޑިއޯލާ. --ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ސިޓީ ކަޓައިފާނެތީވެ ހާސްނުވާ ކަމަށާއި، އެކަމަށް ނޫސްވެރިންގެ އޮތް ކަންބޮޑުވުމަށް ޝުކުރުވެރިވާ ކަމަށް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ، ބެލްޖިއަމްގެ ކުލަބު ބްރޫޖްއާ ދެކޮޅަށް މިރޭ ސިޓީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ސިޓީ ކަޓައިފިނަމަ، އެއީ ހަމަ ޔަގީނުންވެސް ރަނގަޅު ކަމަކަށް ނުވާނެ." ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، މިވަގުތަށް އެހެން އެކަން ވެދާނެ ކަމަށް އޭނާ ނުވިސްނާ ކަމަށާއި، އެކަމަކު ނޫސްވެރިން ސިޓީ ކަޓާފާނެތީވެ ކަންބޮޑުވުން ފާޅުކުރާތީވެ އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގައި ސިޓީ އަށް އަނެއް ބުރުގައި ވާދަކުރުމުގެ ފުރުޞަތު ހޯދާނެ." ގާޑިއޯލާ ބުންޏެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު މުޅިން އައު ފޯމެޓަކަށް ކުޅެމުންއަންނައިރު، ލީގު ފިޔަވަހީގެ ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ސިޓީ އުޅެނީ ތާވަލްގެ 25 ވަނައިގައެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.

މިއާއެކު، ސިޓީ އަށް ޕްލޭ-އޮފް ބުރުން ޖާގަ ހޯދުމަށްޓަކައި ކުރިއަށް އޮތް މެޗުގައި ބްރޫޖް ބަލިކުރަންޖެހެ އެވެ.

ގާޑިއޯލާ ވަނީ، އެ މުބާރާތުގައި ސިޓީ މިހާރު އޮތް ހާލަތަށް ބަލާއިރު، މެޗުން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށާއި އެނޫން ނަތީޖާއެއް ނުކުމެއްޖެނަމަ އެ ޓީމަށް މުބާރާތާ އަލްވަދާޢު ކިޔަން ޖެހޭނެ ކަމަށް ބުނެފައެވެ.

އެއީ، ސިޓީ އަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، އެ ފުރުޞަތުގެ ބޭނުންހިފައި، އޭނާގެ ޓީމުން އެ ޗެލެންޖާ ކުރިމަތިލާނެ ކަމަށް ވެސް ގާޑިއޯލާ ބުނެފައިވެއެވެ.

ސިޓީގެ އިއްތިހާދުގައި ބްރޫޖްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 1:00 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު