ENGLISH

19 އޭޕްރީލު 2025

Advertisement

ލުވިސް-ސްކެލީގެ ރަތް ކާޑު އެޕީލް ކާމިޔާބު، ސަސްޕެންޝަން އުވާލައިފި

29 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އާސެނަލްގެ ކޯޗު، އާޓޭޓާ (ކ) އާއި ލުވިސް-ސްކެލީ. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއަރ ލީގުގައި މި ހަފްތާގައި އާސެނަލްގެ ޒުވާން ފުލްބެކް، މައިލްސް ލުވިސް-ސްކެލީ އަށް ދެއްކި ރަތް ކާޑާ ދެކޮޅަށް އެ ކުލަބުން ކުރި އެޕީލް ކާމިޔާބުވެއްޖެއެވެ.

މިއާއެކު، އުމުރުން 18 އަހަރުގެ ލުވިސް-ސްކެލީ އަށް ދިން ތިން މެޗުގެ ސަސްޕެންޝަން ވަނީ އުވިފައެވެ.

ލީގުގައި ރަށުން ބޭރުގައި ވުލްވްސް އަތުން 1-0 އިން މޮޅުވި މެޗުގެ 43 ވަނަ މިނެޓުގައި ލުވިސް-ސްކެލީ އަށް ސީދާ ރަތް ކާޑު ދެއްކިއެވެ. ލުވިސް-ސްކެލީ އަށް ރަތް ކާޑު ދެއްކީ ވުލްވްސްގެ ޑިފެންޑަރު، މެޓް ޑޮހާޓީ އަށް ނުރައްކާތެރި ފައުލެއް ކުރި ކަމަށް ބަލައިފައެވެ. ރެފްރީގެ އެ ނިންމުން، ވީއޭއާރް އިން ވެސް ވަނީ ދަމަހައްޓައިފައެވެ.

ކުރިން އޮތް ގޮތުން، މެޗުގައި ދެއްކި ސީދާ ރަތް ކާޑާ ގުޅިގެން އާސެނަލަށް ލީގުގައި ކުރިއަށް އޮތް ތިން މެޗުގައި ލުވިސް-ސްކެލީ އަށް ނުކުޅެވޭނެ އެވެ. އެ ތިން މެޗުގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗު ހިމެނެއެވެ. 

އެހެންނަމަވެސް، އާސެނަލުން އެ ނިންމުމަށް އެޕީލްކުރުމުން ވަނީ ރަތް ކާޑާއެކު، ސަސްޕެންޝަން ވެސް ކެންސަލްކޮށްފައެވެ.

އާސެނަލަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި މިރޭ ސްޕެއިނުގެ ޖިރޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، ލީގުގައި އަންނަ މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓަރ ސިޓިއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު