ENGLISH
19 އޭޕްރީލު 2025
ތިންވަނަ މެޗުގައި އިންޑިއާ ބަލިކޮށް، އިންގްލެންޑަށް އުއްމީދެއް
29 ޖެނުއަރީ 2025
|
އިންޑިއާގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ބީސީސީއައި
ޓީ20 ތިންވަނަ މެޗުގައި އިންޑިއާ ބަލިކޮށް، އިންގްލެންޑުން ސިލްސިލާ ކާމިޔާބުކުރުމުގެ އުއްމީދު އާކޮށްފިއެވެ.
މި މެޗުން އިންގްލެންޑު މޮޅުވީ 26 ލަނޑުގެ ތަފާތަކުންނެވެ.
މި ދެ ޓީމުގެ މެދުގައި އިންޑިއާގައި ކުރިއަށްދާ ފަސް މެޗުގެ ޓީ20 ސިލްސިލާގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައިވަނީ އިންޑިއާއިންނެވެ.
ރާޖް ކޯޓްގައި އިއްޔެ ކުޅުނު މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ގަސްދުކުރީ ހޮވަން އަރާށެވެ. އިންގްލެންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 171 ލަނޑު ހެދިއެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ ބައިސައްތަ ހެދި ބެން ޑަކެޓް އާއި ލިއާމް ލިވިންގ ސްޓޯން އެވެ. ޑަކެޓް ވަނީ 28 ބޯޅައިން 51 ލަނޑު ހަދައިފައެވެ. ލިވިންގސްޓޯން 24 ބޯޅައިން 43 ލަނޑުހެދިއެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ ވަރުން ޗަކްރަވާތީ ވަނީ ފަސް ވިކެޓް ނަގައިފައެވެ.
އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްނުވެވި، ނުވަ ކުޅުންތެރިން ނުބައިވީ 145 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނީ 35 ބޯޅައިން 40 ލަނޑު ހެދި ހާޑިކް ޕާންޑްޔާ އެވެ. އެ ޓީމުގެ ކެޕްޓަން، ސޫރްޔަކުމާރް ޔާދަވް ނުބައިވީ އެންމެ 14 ލަނޑަށެވެ.
މި އިނިންގްސްގައި އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ޖެމީ އޮވާޓަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޑިއާގެ އުކުންތެރިޔާ، ވަރުން ޗަކްރަވާތީ އެވެ.