ENGLISH

19 އޭޕްރީލު 2025

Advertisement

އައިސީސީ އެވޯޑް ޖަސްޕްރީތު ބުމްރާ އާއި އަމޭލިއާ ކޭރް އަށް

28 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އިންޑިއާގެ އުކުންތެރިޔާ، ބުމްރާ. --ފޮޓޯ: ގެޓީ އިމޭޖަސް

އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމަށް އިންޑިއާގެ ބާރު އުކުންތެރިޔާ، ޖަސްޕްރީތު ބުމްރާ އާއި ނިއު ޒީލަންޑްގެ އޯލްރައުންޑަރު، އެމީލިއާ ކޭރް ހޮވިއްޖެއެވެ.

މި ދެ ކުޅުންތެރިންވެސް ވަނީ އަންގާރަ ދުވަހު އިޢުލާންކުރި ސަރ ގާފީލްޑް ސޯބާސް އަދި ރޭޗަލް ހޭހޯ ޓްރޮފީއާ ހަވާލުވެފައެވެ.

މިއީ އުމުރުން 31 އަހަރުގެ ބުމްރާ އަށް މިދިޔަ ދެ ދުވަހުގެ ތެރޭގައި ލިބުނު މިފަދަ ދެވަނަ އެވޯޑެވެ.

އައިސީސީން ހޮވި އަހަރުގެ އެންމެ މޮޅު ޓެސްޓް ކްރިކެޓް ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ބުމްރާ އެވެ. އެމީލިއާ ކޭރް ވަނީ ވިމެންސް ޓީ20 ކްރިކެޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ބުރަކަށްޓަށް ލިބުނު އަނިޔާއަކަށްފަހު 2023 ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި ކުޅުމަށް އެނބުރިއައި ބުމްރާ އަކީ މިހާރު އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ވެސް ވައިސްކެޕްޓަނެވެ. މިދިޔަ އަހަރުގައި ބައިނަލްއަގުވާމީ ކްރިކެޓްގައި މުޅިއެކު 71 ވިކެޓާއެކު އެންމެ ގިނަ ވިކެޓް ނެގީ ވެސް ބުމްރާ އެވެ.

ކިޔުންތެރިންގެ ހިޔާލު