ENGLISH
19 އޭޕްރީލު 2025
ފުލަމް އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް
27 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ފުލަމް އަތުން 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
މި މެޗަށް ނުކުތްއިރު ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފައެވެ. މިއީ ޔުނައިޓެޑްގެ އައު ކޯޗު، ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން ލީގުގައި އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ ފަހަރެވެ. ހަ މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ފުލަމްގެ ކްރޭވަން ކޮޓެޖުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު، 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރު، ލިސާންދްރޯ މާޓިނޭޒް އެވެ.
އޭގެފަހުން، މެޗު ނިމެންދަނިކޮށް ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ، ޓޮބީ ކޮލީޔާ ވަނީ ގޯލު ރޮނގު މަތިން ބޯޅައެއް ސަލާމަތްކޮށްފައެވެ.
މި މޮޅާއެކު، އަމޯރިމްގެ ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ 12 ވަނައަށް ޖެހިލައިފައެވެ. ޔުނައިޓެޑަށް 23 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. މެޗުން ބަލިވި ފުލަމްއާ ޔުނައިޓެޑާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގެއް އޮތްއިރު، އެ ޓީމު އޮތީ 23 މެޗުން ހޯދީ 33 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި އެ ޓީމުން ވަނީ 1-2 އިން ލެސްޓަރ ސިޓީ އަތުން ބަލިވެފައެވެ. ބްރެންޓްފޯޑުން ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިވިއިރު، އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެފައެވެ.