ENGLISH

19 އޭޕްރީލު 2025

Advertisement

ޒްވެރޭވް ބަލިކޮށް ސިނާ ތަށި ދިފާއުކޮށްފި

27 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިނާ، ޗެމްޕިއަން ޓްރޮފީ އާއެކު. --ފޮޓޯ: ރޮއިޓާސް

އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސް ފައިނަލުގައި ޖަރުމަންގެ އެލެގްޒެންޑާ ޒްވެރޭވް ބަލިކޮށް، އިޓަލީގެ ޔަނިކް ސިނާ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސިނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެސް ސިނާ އެވެ. މިއީ އޭނާގެ ކެރިއަރުގެ ތިންވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ.

އުމުރުން 23 އަހަރުގެ ސިނާ ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުން ޒްވެރޭވް ބަލިކޮށްގެންނެވެ.

މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު މެޗުގެ ސެޓުތައް ސިނާ ކާމިޔާބުކުރީ 6-3، 7-6 (7-4)، އަދި 6-3 އިންނެވެ.

މި މެޗުގައި ހޯދި ކާމިޔާބީއަށް ފަހު، ސިނާ ވަނީ ގްރޭންޑް ސްލޭމް ޓެނިހުގެ ތިން މުބާރާތެއް ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ސިނާ ބުނީ، މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފެނުނީ ހުރިހާ ގޮތަކުން ވެސް ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކަމަށާއި، މި ފޯމުގައި ކުރިއަށްދިއުމަށް އުއްމީދުކުރާ ކަމަށެވެ.

ތިންވަނަ ފަހަރަށް ބޮޑު މުބާރާތެއްގެ ފައިނަލްގައި ބަލިވި ޒްވެރޭވް ބުނީ، ޗެމްޕިއަން ޓްރޮފީއާ އެހާ ބޮޑަށް ކައިރިއަށް ދެވުމަށް ފަހު ނާކާމިޔާބުވުމަކީ ބޮޑު ދެރައެއް ކަމަށެވެ. އަދި، ފައިނަލުގައި ވާދަވެރި ކުޅުމެއް ކުޅެވޭތޯ ވަރަށް މަސައްކަތްކުރި ކަމަށާއި، އެކަން ނުކުރެވުނީ ސިނާ މާ މޮޅަށް ކުޅުމުން ކަމަށް ވެސް ޒްވެރޭވް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު