ENGLISH
19 އޭޕްރީލު 2025
ފްރެއިބާގް އަތުން ބަޔާން މޮޅުވިއިރު، ލެވަކޫސަން ވީ އެއްވަރު
26 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ފްރެއިބާގް އަތުން 2-1 އިން މޮޅުވެ، ބަޔާން މިއުނިކު ތާވަލްގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މި ނަތީޖާއާއެކު، ބަޔާން އެއްވަނައިގައި އުޅެނީ 19 މެޗުން 48 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ލެވަކޫސަން އޮތީ 19 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 18 މެޗުން 36 ޕޮއިންޓެވެ.
ފްރެއިބާގުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ ހެރީ ކޭން އާއި ކިމް މިން-ޖޭ އެވެ. ފްރެއިބާގުގެ ހަމައެކަނި ލަނޑުޖަހައިދިނީ މަތިއަސް ގިންޓާ އެވެ.
ރަށުން ބޭރުގައި އާރްބީ ލީޕްޒިގުގެ ދަނޑުގައި ލެވަކޫސަން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ ޕެޓްރިކް ޝިކް އާއި އަލެއިކްސް ގާސިއާ އެވެ. ލީޕްޒިގުގެ ދެ ގޯލްގެތެރެއިން އެއް ގޯލަކީ ލެވަކޫސަންގެ އެޑްމޮންޑް ޓެޕްސޯބާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޑޭވިޑް ރައުމް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑް 2-2 އިން ވަނީ ވާޑާ ބްރޭމަންއާ އެއްވަރުވެފައެވެ.