ENGLISH
26 ނޮވެމްބަރު 2024
ރެއާލް މެޑްރިޑް އޮތީ ކަންބޮޑުވާން ޖެހޭފަދަ ހާލަތެއްގައި: ކޯޗު
06 ނޮވެމްބަރު 2024
|
ރިއަލް މެޑްރިޑްގެ ކުޅުންތެރިޔާ ޖޫޑް ބެލިންގަމް
އެންމެ މަޤްބޫލު
ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާން އަތުން 3-1 އިން ރެއާލް މެޑްރިޑް ބަލިވެ ގޯސް ހާލަތަކަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މި މެޗުގެ ކުރިން އަމިއްލަ ދަނޑުގައި ރެއާލް ވަނީ އެލް ކްލަސިކޯ މެޗުގައި ބާސެލޯނާ އަތުން 4-0 އިން ބަލިވެފަ އެވެ. އޭގެ ކުރިން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 5-2 އިން މޮޅުވި ނަމަވެސް، މި ތިން މެޗުގައި ބައިކޮޅަށް ނުވަ ގޯލު ވަނުމަކީ ރެއާލުގެ ޑިފެންސް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ.
މިދިޔަ ހަފުތާގައި އޮތް ބެލޮންޑިއޯ އެވޯޑްގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލުގެ ވިނީޝިއަސް ޖޫނިއާ އަށް ނުލިބުމުން ހިތްހަމަނުޖެހިފައި އޮތް ރެއާލުގެ ޓީމުން، އެމީހުންގެ ފެންވަރު ރޭގެ މެޗުގައި ސާބިތުކޮށްދޭނެ ކަމަށް ދިޔައީ ބުނަމުންނެވެ. އެކަމަކު ރޭގެ މެޗުގައި ރެއާލުގެ ފަރާތުން ފެނުނީ މާބޮޑު ރޫހެއް ނެތް ކުޅުމެކެވެ. ހާއްސަކޮށް ފޯވާޑް ކީލިއަން އެމްބާޕޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ.
މި މެޗުގައި މިލާނުން ލީޑު ނެގީ 12 ވަނަ މިނެޓުގައި ޑިފެންޑަރު މަލިކް ޗޯ ޖެހި ގޯލުންނެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި ވިނީ ވަނީ ޕެނަލްޓީއަކުން ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުގެ ކުރީގެ ފޯވާޑް އަލްވާރޯ މޮރާޓާ ވަނީ މިލާނަށް އަލުން ކުރި ހޯދައިދީފަ އެވެ. މިލާނުން ލީޑު ފުޅާކުރީ 73 ވަނަ މިނެޓުގައި ޓިޖާނީ ރެއިންޑާސް ޖެހި ގޯލުންނެވެ.
މިލާނުގެ ފަހު ގޯލާ އެކު ރެއާލުން ފޯވާޑް ރޮޑްރިގޯ އެރުވުމުން އެ ޓީމުގެ އެޓޭކް ވަރުގަދަވި އެވެ. އެ ވަގުތު އެންޓޯނިއޯ ރުޑިގާ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމުން ދެއްކި އެވެ.
މިލާނާ އެކު ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އޭނާގެ ޓީމު މިއަށް ވުރެ އޮގަނައިޒްވާން ޖެހޭ ކަމަށެވެ.
"އަހަރެމެން ކަންބޮޑުވާން ޖެހޭ. މި ޓީމުގެ ފެންވަރެއް ނުދެއްކޭ. މިއަށް ވުރެ ސަމާލުވެގެން ކުޅެން އެބަޖެހޭ. މާ ބައިވަރު ގޯލުތަކެއް އެބަވަދޭ. އެކަން ރަނގަޅުކުރެވޭނީ އޮގަނައިޒްވެގެން،"
މި ދެ ޓީމު ވެސް މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ދެ މެޗުން ބަލިވެ، އެއްކުރެވިފައި ވަނީ ހަ ޕޮއިންޓެވެ.