ENGLISH
19 އޭޕްރީލު 2025
ނާގަލްސްމަން، ޖަރުމަނާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި
24 ޖެނުއަރީ 2025
|
ޖަރުމަންގެ ކޯޗު، ނާގަލްސްމަން. --ފޮޓޯ: ރޮއިޓާސް
ޖަރުމަންގެ ކޯޗު، ހޫލިއަން ނާގަލްސްމަން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފިއެވެ.
މިއާއެކު، ނާގަލްސްމަން އެ ޓީމާއެކު 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ދެމިހުންނާނެ އެވެ.
ނާގަލްސްމަން، 37، ޖަރުމަނުގެ ކޯޗުގެ މަގާމުގައި ޔޫރޯ 2028 ގެ ނިޔަލަށް މަޑުކުރާނެކަން އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަން (ޑީއެފްބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ނާގަލްސްމަން ބުނީ، ސެޕްޓެންބަރު 2023 ގައި ޖަރުމަންގެ ޤައުމީ ޓީމާ ހަވާލުވިއިރު އެންމެ ފަހުން އެ ޤައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް މަޤާމުގައި ދެމިހުރެދާނެ ކަމަށް ހީނުކުރާ ކަމަށެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، ކޯޗުގެ މަގާމާ ހަވާލުވި ނާގަލްސްމަން ވަނީ އެންމެ ފަހުން އެ ޤައުމުގައި މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް އެ ޓީމުގެ ގެންގޮސްދީފައެވެ.
މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލިބެމުން އަންނަ ފީޑްބެކަށް ބަލާފައި، ޖަރުމަނުގެ މިސްރާބު ހުރީ އެންމެ ރަނގަޅަށް ކަމަށާއި، އުއްމީދަކީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރުން ކަމަށް ވެސް ނާގަލްސްމަން ބުންޏެވެ.
ކުރިން އޮތް ގޮތުން ނާގަލްސްމަން އާ އެކު ޖަރުމަނުން ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެކަމަކު، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ މުއްދަތު ދެން އެންމެ އަވަހަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މީގެކުރީން، ޖަރުމަންގެ ބަޔާން މިއުނިކަށް އިރުޝާދު ދީފައިވާ ނާގަލްސްމަން، ޤައުމީ ޓީމާ ހަވާލުވިއިރު އުމުރުން 36 އަހަރުގައި ވަނީ އެ ޤައުމުގެ ސީނިއަރ ޓީމުގެ ކޯޗުގެ މަގާމަށް އައްޔަންކުރި ދެވަނަ އަށް އެންމެ ހަގު ކޯޗަށް ވެފައެވެ.