ENGLISH
19 އޭޕްރީލު 2025
އަރައުހޯ، ބާސާއާ އެކު ހަދާފައިވާ އެއްބަސްވުން 2031 ގެ ނިޔަލަށް އާކޮށްފި
24 ޖެނުއަރީ 2025
|
ބާސެލޯނާގެ ޑިފެންޑަރު، އަރައުހޯ. --ފޮޓޯ: ގެޓީ އިމޭޖަސް
ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު، ރޮނާލްޑް އަރައުހޯ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަ އަހަރަށް އާކޮށްފިއެވެ.
މިއާއެކު، އަރައުހޯ އަށް ފަހަކަށް އައިސް ގަވާއިދުން ކުޅުމުގެ ފުރުޞަތު ލިބެމުންނުދާތީވެ، އެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވެދާނެ ކަމަށް އަޑުއަރާފައިވާ ކަމަށް ޚަބަރުތަކަށް ނިމުމެއް އަންނާނެ އެވެ. އަދި، އެ ކުލަބުގައި 2031 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މަޑުކުރާނެ އެވެ.
އުމުރުން 25 އަހަރުގެ އަރައުހޯ، ބާސެލޯނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން އެ ކުލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ ހަތް އަހަރު ކުރީން، 2018 ގައި ބާސެލޯނާގެ ރިޒާވް ޓީމާ ގުޅުނު އަރައުހޯ ވަނީ 2020-2021 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ސީނިއާ ޓީމަށް ކުޅެން ފަށައިފައެވެ.
އުރުގުއޭ ޤައުމީ ޓީމުގެ ޑިފެންސްގައި ވެސް މުހިއްމު ދައުރެއް އަދާކުރާ، އަރައުހޯ ވަނީ ބާސެލޯނާ އަށް މިހާތަނަށް 154 މެޗު ކުޅެ، 8 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ކުލަބުން ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ ކާމިޔާބުކުރިއިރު އިސް ދައުރެއް އަދާކޮށްފައެވެ.
މީގެއިތުރުން، އަރައުހޯ އަކީ މި އަހަރުގެ ސީޒަނަށް އެ ކުލަބުން ކަނޑައެޅި ވައިސް ކެޕްޓަނެވެ.