ENGLISH

19 އޭޕްރީލު 2025

Advertisement

އޮސްޓްރޭލިއަން އޯޕަން: ފައިނަލްގައި ސިނާ އާއި ޒްވަރޭވްގެ ކުރިމަތިލުމެއް

24 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިނާ (ކ) އާއި ޒްވަރޭވް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، އިޓަލީގެ ޔަނިކް ސިނާ އާއި ދުނިޔޭގެ ދެވަނަ، ޖަރުމަނުގެ އެލެގްޒެންޑާ ޒްވަރޭވްއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ސިނާ ވަނީ ސީދާ ތިން ސެޓުން އެމެރިކާގެ ބެން ޝެލްޓަން ބަލިކޮށްފައެވެ.

ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރި މެލްބަންގެ ރޮޑް ލޭވާ އެރީނާގައި ކުޅުނު މި މެޗުގެ ސެޓުތައް ސިނާ ކާމިޔާބުކުރީ 7-6 (2-7)، 2-6 އަދި 6-2 އިންނެވެ.

މިއަދު ކުޅުނު ފުރަތަމަ ސެމީގައި ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗަށް ލިބުނު އަނިޔާގެ ސަބަބުން މެޗު ދޫކޮށްލުމުން ޒްވަރޭވް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.

މީގެކުރިން، ދެ ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް ޓެނިސް ފައިނަލުން ބަލިވެފައިވާ ޒްވަރޭވް ވަނީ 80 މިނެޓަށް ދިގުދެމިގެންދިޔަ ފުރަތަމަ ސެމީގެ ފުރަތަމަ ސެޓުން 7-6 (7-5) އިން ޖޮކޮވިޗްގެ މައްޗަށް ކުރިހޯދާފައެވެ.

އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ސިނާއާ ޒްވަރޭވް ބައްދަލުކުރާނެ އެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލް އޮތީ މާދަމާ އެވެ. އެ މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ބެލާރުސްގެ އަރީނާ ސަބަލެންކާ ނުކުންނާނީ އެމެރިކާގެ މެޑިސަން ކީސްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު