ENGLISH

19 އޭޕްރީލު 2025

Advertisement

ޔުނައިޓެޑާއި ޓޮޓްނަމް މޮޅުވެ، ނޮކްއައުޓް ބުރަށް ދިއުމާ ގާތަށް

24 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނުމަށް ފަހު ފެނާންޑޭސް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ އެ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމާ ގާތަށް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ދެލަނޑު ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލަކީ ރޭންޖާސްގެ ގޯލްކީޕަރު، ޖެކް ބަޓްލަންޑް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ބްރޫނޯ ފެނާންޑޭސް އެވެ.

ރޭންޖާސްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސީރިއަލް ޑެސާސް އެވެ.

މި ނަތީޖާއާ އެކު، ޔުނައިޓެޑް ވަނީ ހަތް މެޗުން 15 ޕޮއިންޓް ހޯދައި، ތާވަލްގެ ހަތަރު ވަނައިގައެވެ. މި މެޗުން ބަލިވި ރޭންޖާސް އޮތީ 13 ވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ ހަތް މެޗުން 11 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ޓޮޓްނަމް ވަނީ 3-2 އިން ޖަރުމަނުގެ ހޮފެންހެއިމް ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓްނަމްގެ ކެޕްޓަން، ސޮން ހެއުން-މިން ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޖޭމްސް މެޑިސަން އެވެ.

ހޮފެންހެއިމްގެ ލަނޑުތައް ޖަހައިދިނީ އެންޓޮން ސްޓަޗް އާއި ޑޭވިޑް މޮކްވާ އެވެ.

މި މޮޅާއެކު، ޓޮޓްނަމް ވަނީ ހަވަނައަށް ޖެހިލާފައެވެ. ޓޮޓްނަމަށް ލިބިފައިވަނީ ހަތް މެޗުން 14 ޕޮއިންޓެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލާޒިއޯ ވަނީ 3-1 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އޭޒެޑް އަލްކްމާރް އަތުން އޭއެސް ރޯމާ ބަލިވީ 1-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު