ENGLISH

19 އޭޕްރީލު 2025

Advertisement

ބެލްޖިއަމްގެ ކޯޗުކަމަށް ފްރާންސްގެ ގާސިއާ ހަމަޖައްސައިފި

24 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވި ގާސިއާ އޭނާ އެންމެ ފަހުން ހުރީ ނަޕޯލީގެ ކޯޗުކަމުގައި. ފޮޓޯ: --ރޮއިޓާސް

ހުސްވެފައިވާ ބެލްޖިއަމް ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ފްރާންސްގެ ރުޑީ ގާސިއާ ހަމަޖައްސައިފި އެވެ. 

ގާސިއާ، 60، ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އިރުޝާދު ދިނީ އިޓަލީގެ ނަޕޯލީ އަށެވެ. 

ބެލްޖިއަމްގެ ކޯޗުގެ މަގާމު ހުސްވީ އިޓަލީގެ ޑޮމެނިކޯ ޓެޑެސްކޯ މިދިޔަ ހަފްތާގައި މަގާމުން ވަކިކުރުމުންނެވެ. ޓޮޑެސްކޯގެ ކޯޗުކަމުގައި ބެލްޖިއަމްގެ ނަތީޖާތައް ދަށްވެ އެޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންނާ ވެސް މައްސަލަ ޖެހުނެވެ.  

ނަޕޯލީގެ ކޯޗުކަމާ ގާސިއާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެކަމަކު ނަތީޖާތައް ދަށްވެ 16 މަހަށް ފަހު އޭނާ ކޯޗުކަމުން ވަކިކުރި އެވެ. 

ގާސިއާ ވަނީ ނަޕޯލީގެ އިތުރުން ފްރާންސްގެ ލިއްލެ އާއި މާސޭގެ އިތުރުން ލިޔޯނަށް އިރުޝާދުދީފަ އެވެ. އަދި، އިޓަލީގެ ރޯމާ ޓީމަށް ތިން އަހަރު އިރުޝާދުދިނެވެ. އޭގެފަހުން ގާސިއާ ވަނީ ސައުދީ އަރަބިއާގެ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވެފަ އެވެ. 

އަލް ނަސްރުގެ ކޯޗުކަމާ 2022 ވަނަ އަހަރު ހަވާލުވެ 10 މަހަށް ފަހު އެ މަގާމް ދޫކޮށްލި އެވެ. އަލް ނަސްރުގެ ކޯޗުކަން ދޫކޮށްލީ ކްލަބާ ވާހަކަ ދައްކައި ދެފަރާތް އެއްބަސްވެގެންނެވެ. 

ގާސިއާގެ ކޯޗުކަމުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މާރިޗު މަހު ނުކުންނާނީ ޔޫކްރޭންއާ ދެކޮޅަށެވެ. އެއީ ޔުއެފާ ނޭޝަންސް ލީގުގެ ޕްލޭއޮފް މެޗެކެވެ. 

ކިޔުންތެރިންގެ ހިޔާލު