ENGLISH
19 އޭޕްރީލު 2025
ސީޒަނުގައި އެއް ބިލިއަން ޔޫރޯ ހަމަކޮށް، އާމްދަނީގެ ރެކޯޑް ރެއާލް މެޑްރިޑަށް
23 ޖެނުއަރީ 2025
|
ރެއާލް މެޑްރިޑްގެ ބައެއް ކުޅުންތެރިން. --ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި، އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭ އެއް ބިލިއަން ޔޫރޯ ހަމަކުރި ފުރަތަމަ ޓީމަކަށް ސްޕެއިންގެ ރެއާލް މެޑްރިޑް ވެއްޖެ އެވެ.
ޑެލޮއިޓް ފުޓްބޯލް މަނީ ލީގުން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ރެއާލުން ވަނީ 23-2024 ސީޒަނުގައި އެއް ބިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައި ހޯދާފަ އެވެ.
ރެއާލްގެ އާމްދަނީ ބޮޑުވުމުގެ އެއް ސަބަބަކީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. އަދި، ރެއާލްގެ ރަސްމީ ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތް ނިންމައި ސްޓޭޑިއަމް ހުޅުވާލުމާއި، އިތުރު ސްޕޮންސަރުން ކްލަބަށް ލިބުމަކީވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.
ލީގާއި ޗެމްޕިއަންސް ލީގުގެ މެޗުތަކުން އެޓީމަށް 248،000 ޔޫރޯ ލިބުނެވެ. އަދި ބްރޯޑްކާސްޓިން އިން 316،000 ޔޫރޯ ލިބުނުއިރު އިސްތިހާރުތަކުން އެޓީމަށް 482 މިލިއަން ޔޫރޯ ލިބުނެވެ. އެއީ ކްލަބުގެ އާމްދަނީ 19 އިންސައްތައިގެ ކުރިއެރުމެކެވެ.
ރެއާލްގެ ފަހަތުން ދެވަނަ ލިބުނީ 838 މިލިއަން ޔޫރޯ ލިބުނު މެންޗެސްޓަރ ސިޓީ އަށެވެ. ތިންވަނައިގައި ފްރާންސްގެ ޕީއެސްޖީ އޮތީ 806 މިލިއަން ޔޫރޯއާ އެކު އެވެ. 771 މިލިއަން ޔޫރޯއާ އެކު މެންޗެސްޓަރ ޔުނައިޓެޑަށް ހަތަރު ވަނަ ލިބުނުއިރު ފަސް ވަނަ ލިބުނީ 765 މިލިއަން ޔޫރޯ ލިބުނު ޖަރުމަނުގެ ބަޔާން މިއުނިކަށެވެ.
މަޝްހޫރު ކުލަބްތަކުގެ ތެރެއިން އެންމެ ބޮޑު ވެއްޓުމެއް އައީ ޔުވެންޓަސް އަށެވެ. ކްލަބުގެ މާލީ ކަންކަން ބެލެހެއްޓުމުގައި އިހުމާލުވެ ލިބުނު އަދަބާ އެކު މިދިޔަ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުގައި ޔުވެންޓަސް އަށް ނުކުޅެވުނެވެ. އެ ކްލަބް ވަނީ ލިސްޓުގެ 11 ވަނައިން 16 އަށް ފަހަތަށް ޖެހިލާފަ އެވެ.
ޑެލޮއިޓްގެ ރިޕޯޓުގައި ބުނީ ލިސްޓުގައި އުޅޭ 20 ކްލަބުން މިދިޔަ ސީޒަނުގައި ހޯދި 11.2 ބިލިއަން ޔޫރޯއަކީ ރެކޯޑެއް ކަމަށެވެ.