ENGLISH
19 އޭޕްރީލު 2025
ބަޑޯސާ ބަލިކޮށް، ސަބަލެންކާ ފައިނަލަށް
23 ޖެނުއަރީ 2025
|
މެޗުން މޮޅުވުމަށްފަހު ބެލަރޫސްގެ ސަބަލެންކޯ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ސެމީ ފައިނަލްގައި ސްޕެއިނުގެ ޕައުލާ ބަޑޯސާ ބަލިކޮށް، ބެލަރޫސްގެ އަރީނާ ސަބަލެންކޯ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މި މުބާރާތުގައި ވިދިވިދިގެން ސަބަލެންކާ މޮޅުވި 20 ވަނަ މެޗެވެ.
މިއީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލްގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ސަބަލެންކޯ ވިދިވިދިގެން ކުޅޭނެ ތިންވަނަ ފަހަރެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރު ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު، 26 އަހަރު ތެރޭގައި އެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިންފަހަރު ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ ފުރުޞަތު ސަބަލެންކާ އަށް އެބައޮތެވެ.
މެލްބަންގެ ރޮޑް ލޭވާ އެރީނާގައި މިއަދު ކުޅުނު މެޗުން ބަޑޯސާ އަތުން ސަބަލެންކާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ސަބަލެންކާ ކާމިިޔާބުކުރީ 6-4، 6-2 އިންނެވެ.
މުބާރާތުގެ ފައިނަލްގައި ސަބަލެންކާ ބައްދަލުކުރާނީ ދެވަނަ ސެމީގައި އެމެރިކާގެ މެޑިސަން ކީސްއާ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އުޅޭ ޕޮލެންޑްގެ އިގާ ސްވިއާޓެކް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ.