ENGLISH

19 އޭޕްރީލު 2025

Advertisement

އުދިނޭޒީ ބަލިކޮށް، ކޯމޯ އިން ރެލިގޭޝަން ޒޯނާ ދުރަށް

21 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ކޯމޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ސެސް ފެބްރެގާސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކޯމޯ އިން 4-1 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކޮށް، ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފިއެވެ.

މިއީ މި ފަހަރުގެ ލީގުގައި ކޯމޯގެ އެންމެ ބޮޑު މޮޅެވެ. އަދި، މިއީ އުދިނޭޒީ އަށް ލީގުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ މެޗެވެ.

ކޯމޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަސާނޭ ޑިއާއޯ، ގެބްރިއެލް ސްޓްރެފެޒާ އާއި ނިކޯ ޕާޒް އެވެ. ކޯމޯގެ އަނެއް ގޯލަކީ އުދިނޭޒީގެ ޑިފެންޑަރު، ޖާކާ ބީޔޯލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އުދިނޭޒީގެ ހަމައެކަނި ލަނޑު ޖަހައިދިނީ މާޓިން ޕަޔޭރޯ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ކޯމޯގެ އެޑޮއާޑޯ ގޮލްޑަނިގާ އާއި އުދިނޭޒީގެ އުމާރް ސޮލެޓް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން މި ދެ ޓީމުން ވެސް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގައި ކޯމޯ ދެން ކުޅޭ މެޗުގައި މި މަހުގެ 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު