ENGLISH
19 އޭޕްރީލު 2025
ސިޓީ އަށް ބޮޑު މޮޅެއް، ބްރައިޓަން އަތުން ޔުނައިޓެޑް ބަލިވެއްޖެ
20 ޖެނުއަރީ 2025
|
ޔުނައިޓެޑާ ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި އިޕްސްވިޗް ޓައުން އަތުން މެންޗެސްޓަރ ސިޓީ 6-0 އިން މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ބްރައިޓަން އަތުން 3-1 އިން އެ ޓީމު ބަލިވެއްޖެއެވެ.
މި ނަތީޖާއާއެކު، ސިޓީ ވަނީ 22 މެޗުން 38 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް އާސެނަލްގެ އިތުރުން ތިންވަނައިގައި އުޅޭ ނޮޓިންގހަމް ފޮރެސްޓާއި ސިޓީއާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. ލިވަޕޫލް އެއްވަނައިގައި އުޅެނީ އެއް މެޗު މަދުން ކުޅެގެން 50 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ސިޓީ ވަނީ ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހައިފައެވެ.
އިޕްސްވިޗްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ފިލް ފޯޑެން އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މަޓެއޯ ކޮވެސިޗް، ޖެރެމީ ޑޮކޫ، އާލިން ހާލަންޑް އާއި ޖޭމްސް މެކަޓީ އެވެ.
މި މެޗުން ބަލިވި އިޕްސްވިޗް އޮތީ ތާވަލްގެ 18 ވަނައިގައެވެ. އެ ޓީމަށް 22 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ބްރައިޓަންގެ ލަނޑުތައް ޖަހައިދިނީ ޔަންކޫބާ މިންޓެ، ކައޮރޫ މިޓޯމާ އާއި ޖޯޖީނިއޯ ރުޓާ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފޮރެސްޓްގެ ދަނޑުގައި އެ ޓީމު ވަނީ 3-2 އިން ސައުތެމްޓަން ބަލިކޮށްފައެވެ. އެވަޓަންގެ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން މޮޅުވީ ވެސް 3-2 އިންނެވެ.