ENGLISH
26 ނޮވެމްބަރު 2024
މި ދައުރު ނިންމާލާނީ 25000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއާއެކު: މިނިސްޓަރ ޝިޔާމް
05 ނޮވެމްބަރު 2024
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރ މުހައްމަދު ޝިޔާމް
އެންމެ މަޤްބޫލު
މި ދައުރު ނިމޭއިރު ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީއަށް 15000 ޓަނު އިތުރުކޮށް ޖުމްލަ 25،000 ޓަނަށް މަތިކުރެވޭނެ ކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސްޓޯރޭޖް ކެޕޭސިޓީ ނެތުމަކީ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރޯ މެޓީރިއަލްސްގެ ގޮތުގައި މަސް ބޭރުކުރަންޖެހުމަކީ ލިބޭ އާމްދަނީ ކުޑަވާނެ ކަމެއް ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އިނީ ބޯޓުތަކުގައި 8000 ޓަން އަދި ފެސިލިޓީސް ތަކުގައި 4500 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސް ރައްކާ ކުރެވޭނެ މަރުކަޒުތައް ހެދުމުގެ މަސައްކަތްދަނީ ކުރިއަށެވެ.
އެގޮތުން ގދ. ތިނަދޫގައި 1000 ޓަނުގެ ސްޓޯރޭޖް ފެސިލިޓީއެއް ދަނީ ބިނާކުރެވެމުންނެވެ. 2025 ވަނަ އަހަރު ޖުލައި މަހުގައި އެތަނުގެ ބޭނުންކުރެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ގއ. ކޫއްޑޫގައި ހުރި މަރުކަޒަށް 4000 ޓަނާއި ޅ.ފެލިވަރު ގައި ހުންނަ މަރުކަޒަށް 4000 ޓަނު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
ފެލިވަރުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަކީ ރައީސްގެ މެނިފެސްޓޯގެ ތެރޭގައި ހިމަނުއްވާފައިވާ ކަމެކެވެ. ހަމަމިއާއެކު ހއ. އިހަވަންދޫގައި 1000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީގެ ފެސިލިޓީއެއް ޤާއިމްކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެފެސިލިޓީގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފ. ނިލަންދޫގައި 1500 ޓަނުގެ ފެސިލިޓީއެއް އަޅަން ނިންމާފައިވާއިރު އެއީ މެދު ރާއްޖެތެރޭގެ އެންމެ ބޮޑު ކެޕޭސިޓީއަށް ވެގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ސ. ހުޅުމީދޫގައި ފެސިލިޓީއެއް ބިނާކުރުމަށް މިފްކޯއަށް ފަންޑު ހަމަޖެހިފައިވާއިރު މ. މުލަކުގައި ވެސް ފެސިލިޓީއެއް އެޅުމަށް ސައުދީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.