ENGLISH

26 ނޮވެމްބަރު 2024

ވީއޭއެމް ކަޕް: ޗެމްޕިއަން ކްލަބް އެޗްޑީސީއަށް

05 ނޮވެމްބަރު 2024

|

ޝަރާ އަބްދުﷲ

ކްލަބް އެޗްޑީސީގެ ޓީމު ފޮޓޯއަކަށް އެތުރިގެން. --ފޮޓޯ: ވީއޭއެމް

މިފަހަރު ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދައިފި އެވެ.

ފައިނަލްގައި ސިފައިންގެ ކްލަބާ ވާދަކޮށް އެޓީމުން ވަނީ 3-2 ސެޓުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ޗެމްޕިއަންކަން ނަގައިފައެވެ. ސިފައިންގެ ކްލަބުން ފުރަތަމަ ސެޓު ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. އެއީ 20-25 އިންނެވެ. ނަމަވެސް އެޗްޑީސީން ފަހަތުން އަރައި 31-29 އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ތިންވަނަ ސެޓު 25-20 އިން އެޗްޑީސީން ގެންގޮސް ލީޑު ވަރުގަދަކުރި އެވެ. އެކަމަކު ހަތަރުވަނަ ސެޓް 25-17 އިން ސިފައިން ގެންދިޔައެވެ. ނަތީޖާ ނެރުނު ފަހު ސެޓް ދިޔައީ ވާދަވެރިކޮށެވެ. އެޗްޑީސީން ސެޓް ގެންދިޔައީ 15-13 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް އެޗްޑީސީގެ އިސްމާއީލް ސާޖިދު ހޮވުނު އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާއެވެ. މީގެއިތުރުން މުބާރާތުގެ ބެސްޓް އައުޓްސައިޑް އެޓޭކަރުންނަކީ އިސްމާއީލް ސާޖިދު އާއި ސިފައިންގެ އާދަމް ނަސީމް އެވެ.

ބެސްޓް މިޑްލް ބްލޮކަރަކީ އެޗްޑީސީގެ މުޙައްމަދު އަހުސަން އާއި އާދަމް ފައިރޫޒް އެވެ. ބެސްޓް އޮޕޮސިޓް ޕްލޭޔަރަކީ ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ރައްޒާން އެވެ. އަދި މުޅި މުބާރާތުގެ ބެސްޓް ސެޓަރަކީ ސިފައިންގެ ހުސެއިން ޝާހިދު އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކީ އެޗްޑީސީގެ ސައުދު އަހުމަދު އެވެ. އެންމެ މޮޅު ކޯޗަކީ އެޗްޑީސީ އަށް ތަށި ނަގައިދިން ހުސައިން ޝަރީފް އެވެ. މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ ޝާމިލް މުޙައްމަދު އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެޗްޑިސީގެ ޒީންބެކް އޫލް އެވެ.

ކިޔުންތެރިންގެ ހިޔާލު