ENGLISH

27 ޖުލައި 2026

Advertisement

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

27 ޖުލައި 2026

|

އާމިނަތު އިބްރާހިމް

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުންދާ މީހާ. ފޮޓޯ: ޕޮލިސް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ޚިދުމަތުން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މީނާ ހޯދަމުންދަނީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކަށްވާތީ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ. 

މި މައްސަލައާއި ގުޅިގެން ހޯދަމުންދަނީ މާލެ ގ. ޑެނޯން މުޙައްމަދު ޝާން (38އ) އެވެ.

ކޯޓުން ފުލުހުންގެ މައްޗައް އަމުރުކޮށްފައި ވަނީ 28 ޖުލައި 2026 ވަނަ ދުވަހުގެ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރު ކޮށްދިނުމަށެވެ.

މުޙައްމަދު ޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު