ENGLISH

21 އޭޕްރީލު 2025

Advertisement

ފައިނު ގޮނޑުދޮށުން އެރަށުގެ ޒުވާނަކު މާވަހަރެއް ހޮވައިފި

29 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ފައިނު ގޮނޑުދޮށުން އެރަށު ޒުވާނަކު ހޮވި މާވަހަރު --- ފޮޓޯ: ފައިނު އޮންލައިން

ރ. ފައިނު ގޮނޑުދޮށުން އެރަށު ޒުވާނަކު މާވަހަރެއް ހޮވައިފިއެވެ.

މި މާވަހަރު ހޮވާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް އެމްއެމްޓީވީއާ ވާހަކަ ދައްކަމުން އެ ޒުވާނާ ބުންޏެވެ. 

އޭނާ ބުނީ، އެ މާވަހަރު ފެނުނީ ބައްޕަ ބުނެގެން ގޮނޑުދޮށަށް ދިޔަ ވަގުތު ރާޅު ޖަހާ ހިސާބުން އެއްގަމުގައި އޮއްވާ ކަމަށާއި އޭރު ގަޑިން ގާތްގަނޑަކަށް ހެނދުނު 07:15 ވެދާނެ ކަމަށެވެ. ފުރަތަމަ ފެނުމާއިއެކު ވެސް މާވަހަރެއްކަމަށް ޝައްކު ކުރެވުނު ކަމަށާއި އަދި ޔޫޓިއުބުން މާވަހަރުގެ ވީޑިއޯތައް ބަލައި އޭގައި ހުންނަ ސިފަތައް ބަލައި ބައްޕަ އަށް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ. 

ފައިނު ގޮނޑުދޮށުން އެރަށު ޒުވާނަކު ހޮވި މާވަހަރު

ރަށުގެ ބައެއް މީހުންނަށް މާވަހަރު ދެއްކުމަށް ފަހު މާވަހަރެއްކަން ޔަގީން ކުރުމަށް މިހާރު މާލެ ފޮނުވާފައިވާ ކަމަށާއި ޚަބަރުތައް ލިބޭގޮތުގައި އެއީ މާވަހަރެއްކަން މިހާރު ޔަގީން ވެފައިވާކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ބަރުދަނުގައި ގާތްގަނޑަކަށް ކިލޯއެއް ހުންނާނެ ކަމަށްވެސް އޭނާ ބުންޔެވެ. 

އެ ޒުވާނާ ގޮނޑުދޮށުން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައިވާއިރު، ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުން މަދުން ނަމަވެސް މީގެކުރިން މާވަހަރު ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު