ENGLISH
21 އޭޕްރީލު 2025
އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
29 ޑިސެމްބަރު 2024
|
އުމްރާވެރިޔާ ހުސެން މުހައްމަދު ދީދީ ވަނީ ރޭގެ ވަގުތެއްގަ ފެނިފައި.
ޔަލަމްލަމް ގުރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
އުމުރުން 63 އަހަރުގެ ހުސެން މުހައްމަދު ދީދީ، ސްޓެއްލާ/ ޏ.ފުވައްމުލަކު، ގެއްލުނީ ރާއްޖެ އިން މައްކާ އަށް ގޮސް ފުރަތަމަ އުމްރާގެ އަޅުކަން ފުރިހަމަ ކުރި ފަހުންނެވެ.
ހުސެން މުހައްމަދު ދީދީ ގެއްލުމުން ގުރޫޕުން ނެރެވަފަވާ ބަޔާނެއް
ހުސުން މުހައްމަދު ދީދީ ފެނުނުއިރު ހުރީ ހެޔޮ ހާލުގައި ކަމަށް ގުރޫޕުން މައުލޫމާތު ދީފައިވެއެވެ. އަދި ހުސެން މުހައްމަދު ދީދީ ހޯދުމުގެ މަސައްކަތުގައ އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ގްރޫޕުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދެއެވެ. އެގޮތުން މި މަހުގެ މިހާތަނަށް 6،300 އަށްވުރެ ގިނަ ދިވެހީން މައްކާއަށް ގޮސްފައިވެއެވެ. އަދި މިމަހުގެ ތެރޭގައި 8000 އެއްހާ މީހުން އުމްރާއަށްދާނެ ކަމަށް ބެލެވެއެވެ. އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި މިއީ ރެކޯޑް އަދަދެކެވެ.