ENGLISH

21 އޭޕްރީލު 2025

Advertisement

އާ އަހަރަށް މަރުޙަބާ ކިޔުމަށް ޑްރޯން ޝޯއަކާއެކު ހަވާ އަރުވަނީ

29 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އާ އަހަރު ފާހަގަ ކުރުމަށް ހުޅުމާލޭގައި ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނިންމައިފި އެވެ. 

އެމްއެމްޕީއާރުސީން ވިދާޅުވީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ އާ އަހަރާ ދިމާކޮށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭގަނޑު 8:00 އިން 12 އަށް ޑްރޯން ފެސްޓިވަލަކާ އެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފެސްޓިވަލްގައި ޓޫރިސްޓެއްގެ އެޑްވެންޗާތަކާ ބެހޭ ގޮތުން 15 މިނެޓުގެ ޚާއްސަ ޑްރޯން ޝޯއެއް އޮންނާނެ އެވެ. އަދި 12 ޖެހުމާ އެކު ހަވާ އެރުވުމަށް ވެސް ވަނީ ރާވައިފައެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އާ އަހަރު ފާހަގަކުރުމުގެ ގޮތުން ފުޑް ފެސްޓިވަލެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި އާ އަހަރު މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވަރަށް ފޯރިގަދަކޮށް ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު