ENGLISH
21 ޖުލައި 2026
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ އެކަނިވެރި މައިންބަފައިންނަށް 143.2 މިލިއަން ރުފިޔާ ދޫކުރި
21 ޖުލައި 2026
|
އެންސްްޕާއިން އެކަނިވެރި މައިންނަށް ދެ އަހަރާއި ބައިގެ ތެރޭ 143.2 މިލިއަން ރުފިޔާ ދޫކޮށްފި
އެންމެ މަޤްބޫލު
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ އެކަނިވެރި މައިންބަފައިންނަށް ޖުމްލަ 143.2 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާކަން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަަކޮށްފިއެވެ.
އެމްއެމްޓީވީން އެދިގެން އެންސްްޕާއިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެ އިދާރާއިން 2024 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށްް އެކަނިވެރި މައިންބަފައިންނަަށް ޖުމްލަ 143.2 މިލިއަންް ރުފިޔާ ދޫކޮށްފައިވެއެވެ.
ވަކިވަކި އަހަރުތަކުގައި ދޫކުރި އަދަދުތަކަށް ބަލާއިރު 2024 ވަނަ އަހަރު 3220 ބެލެނެވެރިއަކަށް 66.7 މިލިއަން ރުފިޔާ އެންސްޕާއިން ދޫކުރިއެވެ. އެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 5،394 ކުދިން ތިބިކަަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
2025 ވަނަ އަހަރު 2949 ބެލެނިވެރިއަކަށް ޖުމްލަ 59.7 މިލިއަން ރުފިޔާ އެންސްޕާއިން ދޫކުރިއެވެ. އެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި 5،010 ކުދިން ތިބިކަން އެ އިދާރާއިން "އެމްއެމް ޓީވީ"އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަަށް ދައުލަަތުން ދޭ އިނާޔަތް 12،000 ރުފިޔާއާ ހަމައަށް ބޮޑުކުރުމަށް ސަރުކާރުން ނިންމީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެ ނިންމުމުގެ ދަށުން 4 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް ދެމުންއައި 2،000 ރުފިޔާގެ އެހީގެ ބަދަލުގައި މިހާރު 3،000 ރުފިޔާ ލިބޭނެއެވެ.
އަދި ކުރިއެކޭ އެއްގޮތަށް އެކަނިވެރި މަންމައެއް ނުވަތަ ބައްޕައެއްގެ ބެލުމުގެ ދަށުގައި ހަތަރު ކުދިންނަށްވުރެ ތިބޭ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ އެންސްޕާއިން ދެމުންދެއެވެ.
މި އަހަރުގެ މިހާތަނަށް އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 16.6 މިލިއަންް ރުފިޔާ އެންސްޕާއިން ދޫކުރިކަމަށް އެ އިދާރާއިން ބުނެއެވެ. އެއީ ޖުމްލަ 3،240 މަންބަފައިންނަށެވެ. އެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ޖުމްލަ 5551 ކުދިން ތިބިކަމަށްވެސް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.