ENGLISH
21 ޖުލައި 2026
ރ. މީދޫ އައު ބަނދަރު ފުން ކުރުމުގެ މަަސައްކަތް ކުރަނީ
21 ޖުލައި 2026
|
މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ރ.މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން އައު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި އެމްޓީސީސީން އަންނަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ.
މީދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 14،337 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފަޅު ފުންކުރުން
- 29،508 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
- 2038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 215.60 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން
- 172 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 203 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
- 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުން
- 1495 އަކަމީޓަރުގެ ޕޭވްމަންޓް ހެދުން
- 20 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުން
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މީދޫގެ ރައްޔިތުން ފާހަގަކޮށްލެވެނީ ތެދުވި ވަޑާމާއި ކިއްސަރު ވަޑާމުގެ ރޮގުންނެވެ. މީދޫ ބަނދަރަކީ ގިނަ ރިސޯޓްތަކުގެ އެކްސްކަރޝަން ބޭނުމަށް ގެންގުޅޭ ލޯންޗް ފަހަރު އެޅުމަށް ބޭނުންކުރާ ބަނދަރެކެވެ. އެހެންކަމުން ޖާގަ ތަނަވަސް ބަނދަރަކަށް އެރަށުގެ ރައްޔިތުން އުއްމީދުކުރާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ.
މި މަޝްރޫއު ނިމުމާއެކު، މީދޫ ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.